11463 ފަރާތަކަށް ފްރޮންޓްލައިން އެލަވެންސް ދީފި

ކޮވިޑް-19 އާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރާ 11،463 ފަރާތަކަށް މިހާތަނަށް އެލަވެންސް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ކޯވިޑް-19ގެ ޙާލަތުގައި އެންމެ ކުރީ ސަފުގައި ނުވަތަ ފްރޮންޓްލައިންގައި މަސައްކުރާ މީހުންނަށް އެލެވަންސް ދޭން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 11،463 ފަރާތަކަށް ޖުމްލަ 145.08 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

ކޯވިޑް-19އާއި ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ ރިސްކް އެލަވެންސެއް ދޭން ނިންމާފައިވާކަން ސަރުކާރުން އިޢުލާންކޮށްފައި ވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވެންސް ދިނުމަށް ނިންމާފައިވަނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!