ކަނބާއައިސާރަނިހިނގުމުގައި ދެން ދުއްވޭނީ އެއްކޮޅަށް

އައިޖީއެމްއެޗް ހުންނަ ކަނބާއައިސާރަނިހިނގުމުގައި ދެކޮޅަށް ދުއްވޭ ގޮތަށް އޮތް ބައި އެއްކޮޅަށް ދުއްވޭ ގޮތަށް މިއަދު ބަދަލުކޮށްފި އެވެ.

ޓްރެފިކް ޕޮލިހުން ކުރި ޓުވީޓެއްގައި ބުނީ މިހާރު މި މަގުން ދުއްވޭނީ މަގުގެ އުތުރުން ދެކުނަށް އެކަނި ކަމަށެވެ. ކުރިން ވެސް މި މަގުގެ އުތުރު ފަރާތުގައި ވެހިކަލް ދުއްވަނީ، އުތުރުން ދެކުނަށެވެ. އެހެންވެ މިހާރު އެ މަގަށް ވަދެވޭނީ މަޖީދީމަގާވީ ކޮޅުންނެވެ.

މި ބަދަލާ އެކު މި މަގުގެ ޕާކިން އަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ބުނެފައިވެ އެވެ.

ކަނބާއައިސާރަނިހިނގުމުގެ ދެކުނަށް އޮންނަ ބައިން ވަކި ހިސާބެއް ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރީ 2017 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓްރީން މާލޭގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!