އިޓަލީގައި ރާއްޖެ އިސްތިހާރު ކުރަނީ

އިޓަލީގައި ރާއްޖެ އިސްތިހާ ރުކުރަން އެމްއެމްޕީއާރްސީން ހަރަކާތެއް ކުރި އަށް ގެންދަން ނިންމައިފި އެވެ.

މި މަހުގެ 14 ވަަނަ ދުވަހުގެ ނިޔަލަށް ކުރި އަށް ދާ ބީއައިޓީ ފެެއާ ގައި ވިޒިޓް މޯލްޑިވްސް އިން ވަނީ ބައިވެރި ވެފަ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ ވާޗުއަލްކޮސް ކުރިއަށް ގެންދާ އެ ފެއާއަކީ ފިއޭރާ މިލާނޯ އިން އިންތިޒާމް ކުރާ ފެއާ އެކެވެ.

ހަ ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދާ އެ ފެއާގައި ފުރަތަމަ ތިން ދުވަހު އިޓަލީ މާކެޓްގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް އިތުރުކުރުމަށް މަސައްކަތް ކުރާނެ އެވެ. ބާކީ ދުވަސްތަކުގައި ރާއްޖެއަކީ ފަތުރުވެރިންނަށް މަގުބޫލު އަދި ރައްކާތެރި މަންޒިލެއްގެ ގޮތުގައި ސީދާ އިޓަލީ މާކެޓްގެ ފަތުރުވެރިންނަށް އިޝްތިހާރުކުރާނެ އެވެ.

ކޮވިޑް-19ގެ ބަލި ބަޑުކަމުގެ ކުރިން އިޓަލީ މާކެޓަކީ ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރަމުން އައި އެއް މާކެޓެވެ. ނަމަވެސް އިޓަލީ ސަރުކާރުން ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތަކާއި އެކު ދަތުރުފަތުރު ކުރުން މަނާވެ، އެގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ ދަށަށް ގޮސްފައެވެ.

އެމްއެމްޕީއާރްސީން ބުނީ ކޮވިޑްގެ ހާލަތު ރަނގަޅުވެ އަލުން ދަތުރުފަތުރު ކުރުމަށް ހުއްދަ ލިބުނުހާ އަވަހަކަށް އަނެއްކާ ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އިޓަލީން ރާއްޖެ އަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!