ހުޅުމާލެ ފެސިލިޓީގައި މަސައްކަތްކުރާނެ މީހުން ބޭނުންވެއްޖެ

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިތުރު މަސައްކަތްތެރިން ބޭނުންވާ ކަމަށް އައިޖީއެމްއެޗުގެ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިންގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިއިން ދުވަހަކު ގޯސްނުވާ މިންވަރަށް ގޯސްވެފައިވާއިރު ކޮވިޑްގެ ބަލި މީހުންނަށް ފަރުވާދޭ ފެސިލިޓީތަކަށް އަންނަނީ ބާރު ބޮޑުވަމުންނެވެ. އަދި މީގެ އަހަރެއްހާ ދުވަސްކުރިން ފެށިގެން އެތަންތާންގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންނެވެ.

ޑރ. މުޙައްމަދު ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމީހުން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތްތަކަށް ލުޔެއް ހޯދައިދިނުމަށް އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ބޭނުންވާ ކަމަށެވެ. އެގޮތުން ހެލްތު ވޯރކަރުންނާއި، ނަރުހުންނާއި ނަރުސްކަން ކިޔަވަމުންދާ ކުދިންނާއި، ކެެއަރ ވޯރކަރުންގެ އިތުރުން ޑޮކްޓަރުންނާއި މެޑިކަލް ކިޔަވާކުދިން ބޭނުންވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!