މުދިމަށް ހަމަލާ ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ލ. ގަމު މިސްކިތެއްގައި ނަމާދަށް ތިއްބާ މުދިމަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

މުދިމަށް ހަމަލާ ދިނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގަން، ތުނޑި، އާބާދީ ސަރަހައްދު މިސްކިތުގައި ދަމު ނަމާދު ކުރަމުން ދަނިކޮށް މިސްކިތަށް ވަން މީހެކެވެ.

އެ މީހާ މިސްކިތަށް ވަދެ، މުދިމު ގައިގައި ޖަހައި މައިކް އެއްލާލުމަށް ފަހު ނުކުމެގެން ދިޔައީއެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް އާދިއްތަ ދުވަހުގެ ރޭ 02:50 އެހާކަންހާއިރު ހުށަހެޅިފައިވާކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!