ތުޅާދޫ އާއި ފުލިދޫ މޮނިޓަރިންއަށް

ބ. ތުޅާދޫ އާއި ވ. ފުލިދޫ އިން ކޮވިޑް-19 ބަލި ފެނުމާއި ގުޅިގެން އެ ދެ ރަށަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް ގެނެސްފި އެވެ.

ތުޅާދޫ އިން ޕޮޒިޓިވްވީ ހަތަރު މީހެކެވެ. އެއީ ހާއްސަ ހުއްދައިގެ ދަށުން އެ ރަށަށް ދިޔަ ބައެކެވެ. އެޗްޕީއޭއިން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަަސައްކަތް ނިމެންދެން ތުޅާދޫ އާއި ފުލިދޫއަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

ތުޅާދޫ އާއި ފުލިދޫގެ އިތުރުން 31 ރަށެއް މޮނިޓަރިންގައި އެބައޮތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!