ހިޔާ ގުރުއަތު ނެގުން މެދުކަނޑާލައިފި

ހިޔާ މަޝްރޫއުގެ ގުރުއަތު ނެގުން ފަސްކޮށްފިއެވެ.

ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން އެޗްޑިސީން ބުނީ، އެޗްޕީއޭއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ގުރުއަތު ނެގުން ފަސްކޮށްފައިވާ ކަމަށެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ލިބުމުން، ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތުން ގުރުއަތުނަގާ ދުވަސް ހަމަޖެހުމުން ގުރުނަގާ ތާރީޚަކާއި ގުރުނެގޭ ފަރާތްތަކުގެ ލިސްޓް ޢާންމުކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

 ހިޔާ މަޝްރޫއުގެދަށުން ފުލެޓްލިބިފައިވާ ފަރާތްތަކުތެރެއިން ފައިނަލް ކުރެވިފައިވާ އިތުރު ފަރާތްތަކުގެ މަޢުލޫމާތު، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގއެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ މިކޯޕަރޭޝަނާ ޙިއްސާ ކޮށްފައިވާކަން އެޗްޑީސީންވަނީ ބުނެފައެވެ.

ގުރުއަތު ނަގާނީ އެ ކޯޕަރޭޝަނަށް ލިބިފައިވާ ފްލެޓް ލިސްޓުގައި ހިމެނޭ މީހުންގެ އައިޑީ ކާޑު ނަންބަރު ތަރުތީބުންނެވެ. އަދި މި ގުރުއަތުލުން ކުރިއަށްދާ ވަގުތު އެ މީހަކަށް ލިބުނު ފްލެޓް ހުންނަ ޓަވަރާއި ފްލޯރ އަދި އެޕާރޓްމެންޓް އެނގޭގޮތަށް ޓީވީ ސްކްރީނުން ދައްކައެވެ. އެއަށްފަހު ފޯމުގައިވާ އެ މީހެއްގެ ފޯނު ނަމްބަރަށް މެސެޖަކުން މި މައުލޫމާތު ފޮނުވަމުންނެވެ.

ފްލެޓް ލިބުނު އެންމެންނަށް ފްލެޓްތައް ހަވާލުކޮށް ނިމެންދެން، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ގުރުއަތުލުން ކުރިއަށް ގެންދިޔުމަށް ނިންމާ ހޯމަ ދުވަހާ ހަމަައަށް ގުރުއަތުލުން ކުރިއަށް ގެންދިޔައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!