ކުޑަ ކުއްޖަކު ގްރޫމްކޮށް ޖިންސީ އަމަލެއް ހިންގި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކު ގްރޫމްކޮށް ގެސްޓްހައުސެއްގައި ޖިންސީ އަމަލެއް ހިންގި ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހދ. ކުޅުދުއްފުށީގައި ގެސްޓްހައުސެއްގައި ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިނގި ކަމުގެ ތުހުމަތުގައި ރޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ސިފައިންގެ މީހެކެވެ. އެ މީހާ ހައްޔަރު ކޮށްފައި ވަނީ ގެސްޓްހައުއެސްގައި ސިފައިންގެ މީހާއާއި ކުޑަކުއްޖަކު ތިބިކަން އެނގިގެން ގިނަ އަދަދެއްގެ ބަޔަކު ގެސްޓްހައުސް ކައިރިއަށް އެއްވެ، އަޑުގަދަކުރުމުންނެވެ. ސިފައިންގެ މީހާ ގެސްޓްހައުސް އިން ނެރުނީ ރޭ މެންދަމު ކަމަށްވެސް މައުލޫމާތު ދެއެވެ.

އެ މައްސަލާގައި އެ ރަށު މީހުން ރޭ އިހްތިޖާޖު ކޮށްފައި ވަނީ އެ ކުއްޖާ ގްރޫމްކޮށް ގެސްޓްހައުސަށް ގެންދިޔަ މައްސަލާގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެކެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!