ބަލި މީހުންނަށް ޒިޔާރަތް ކުރުން އޭޑީކޭގައި މަނާކޮށްފި

ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ މިއަދުން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ މީހުންގެ ކައިރިއަށް ޒިޔާރަތް ކުރުން ހުއްޓާލާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް ފެތުރެމުންދާ ނިސްބަތަށް ބަލާ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ. ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ މިއަދުން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ މީހުންގެ ކައިރިއަށް ޒިޔާރަތް ކުރުން ހުއްޓާލާފައިވާ ކަމަށް ބުނެފައިވެއެވެ.

އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އެހީތެރިއެއްގެ ގޮތުގައި ދެން މަޑުކުރެވޭނީ އެންމެ މީހަކަށެވެ. އަދި އެމީހަކަށް ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތް މީހަކަށްވާން ޖެހެއެވެ.

އޭޑީކޭއިން ބުނީ ބަލި މީހުންނާއި ސިއްހީ ހިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އާންމުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. 

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!