ހުޅުމާލެ ހޮސްޕިޓަލް ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރަނީ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެެ އަދަދު އިތުރުވަމުންދާތީ ހުޅުމާލެ ހޮސްޕިޓަލް ޑައުންގްރޭޑްކޮށް ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމައިފި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ނުރައްކާވެ ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާތީ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ޑައުން ގުރޭޑްކޮށް ކޮވިޑަށް ފަރުވާދޭ ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަޙައްދުންނެވެ. އެގޮތުން މާލޭ ސަރަޙައްދުން އެކަނިވެސް 760 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު މިއަދު އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު 933 މީހަކު މާލެ ސަރަޙައްދުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 146 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 6 މީހަކާއި ސަފާރީތަކުން 3 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި ސަފާރީތަކުން 3 މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި 1091 މީހުންގެ ތެރޭގައި މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން 7 މެއި އާ ހަމަޔަށް ނެގި ސާމްޕަލްތަކުގެ ތެރެއިން 431 ސާމްޕަލް ހިމެނެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 35،815އަށް އަރާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!