އައްޒައަކީ ފިސާރި މަންމައެއް: މުއާ

ބަތަލާ މަރިޔަމް އައްޒައަކީ “ފިސާރި މަންމައެއް” ކަމަށް އޭނާގެ ފިރިމީހާ އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ބުނެފިއެވެ.

ދުނިޔޭގައި ފާހަގަކުރާ މަންމައިންގެ ދުވަހާ ގުޅިގެން މުއާ މީސްމީޑިއާ ސްޓޯރީތަކުގައި ހިއްސާކުރި އައްޒަގެ ފޮޓޯއާއެކު ވަނީ އޭނާއަށް ދުވަހުގެ ތަހުނިޔާ ކިޔައިފައެވެ. އަދި އައްޒައަކީ ފިސާރި މަންމައެއް ކަމަށް ބުނަމުން މުއާ ބުނީ، އައްޒައަށް ޝުކުރު ހައްގު ކަމަށެވެ. “އަބަދުވެސް ކާމިޔާބީ މިންވަރު ކޮށްދެއްވާށި”، މުއާގެ ލިޔުންކޮޅު ނިންމައިލަމުން ބުނެފައިވެއެވެ.

މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ތިބި ބަތަލާއިންގެ ތެރެއިން އެންމެ ގުނާލެވޭ އެކަކު ކަމަށްވާ އައްޒަ މީގެކުރިން ޖުމައިހް (ޖުމާ) އާ ކައިވެނިކޮށްގެން ވަނީ ދަރިއަކު ލިބިފައެވެ. އައްޒަ އޭނާގެ ދަރިފުޅު އީތަން ދެކެ ވާލޯބި މީސްމީޑިއާގައި އަބަދުވެސް ފެންނަން ހުރެއެވެ.

މީގެ އިތުރުން، މުއާ މީގެކުރިން ކުރި ކައިވެންޏަށް ވަނީ އަންހެން ދަރިއަކު ލިބިފައެވެ. ރޫބީ ނަމަކަށް ކިޔާ އެކުއްޖާ ވަަރަށް ގިނައިން އައްޒައާއެކީ ވެސް ވަގުތު ހޭދަކުރާތަން ފެނިގެންދެއެވެ. އެހެންކަމުން، އައްޒައަކީ “ފިސާރި މަންމައެއް” ކަމަށް މުއާ އެބުނި ސަބަބު ދޭހަވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!