މަންމައިންގެ ދުވަހު ކަރީނާ ހިއްސާކުރީ ވަރަށް ޙާއްސަ ފޮޓޯއެއް!

މޭ 9 ގައި ފާހަގަކުރާ މަންމައިންގެ ދުވަހާ ގުޅިގެން، ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރު، ވަރަށް ޙާއްސަ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފިއެވެ.

ކަރީނާ އިއްޔެ ވަނީ ފުރަތަމަ ފަހަރަށް އޭނާގެ ދެދަރިން އެއްކޮށް ތިބި ފޮޓޯއެއް އާންމުންނަށް ދައްކާލައިފައެވެ. އެގޮތުން އެފޮޓޯގައި ކަރީނާއާއި ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ތައިމޫރު އިނީ އޭނާގެ ކޮއްކޮ އުރާލައިގެންނެވެ. އެކަމަކު ހަގު ދަރިފުޅުގެ މޫނު މާ ބޮޑަކަށް ނުފެނެއެވެ. މި ޕޯސްޓަށް މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ލައިކު ވަނީ ލިބިފައެވެ.

ޕޯސްޓުގައި ކަރީނާ ލިޔެފައިވަނީ، މިއަދު ދުނިޔެ އޮތީ އުންމީދު ކަނޑާލާފައި އޮތް ފަދަ ހާލަތެއްގައި ކަމަށާއި އެކަމަކު އޭނާއަށް އުންމީދު އާވަނީ ދެދަރިންގެ ސަބަބުން ކަމަށެވެ. އެއާއެކު ކަރީނާ ވަނީ އެންމެހާ މަންމައިންނަށް އުފާވެރި މަންމައިންގެ ދުވަހަކަށް ތަހުނިޔާ ކިޔައިފައެވެ.

ކަރީނާއާއި ސައިފްގެ ހަގު ދަރިފުޅުގެ ނަން އަދި އަދަށްވެސް ސިއްރުކޮށްފައި އޮތްއިރު، ރަނގަޅަށް މޫނު ފެންނަ ފޮޓޯއެއް ވެސް އާންމުކޮށްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!