ހަމަލާދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރާނަން: ރައީސް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ނިރުބަވެރި ހަމަލާއެއް ދިނުމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ އެމްޑީޕީގެ 173 ވަނަ ގައުމީ މަޖިލީހުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސާލިހު ވިދާޅުވީ އާދީއްތަ ދުވަހު މެންދުރު ރައީސް ނަޝީދާ ބައްދަލުވި ކަމަށާއި، ދެކެވުނު ވާހަކަތަކުން އެމަނިކުފާނުގެ އަޒުމާއި ހިތްވަރަށް ކުޑަވެސް ބަދަލެއް ނާންނަކަން ޔަގީންވި ކަމަށެވެ. ރައީސް ސާލިހު ވަނީ މި ހަމަލާގެ ތަހުގީގާއި ގުޅޭ ތަފްސީލުތައް ވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ޔޫއެންއޯޑީސީއާއި ލަންޑަނުގެ މާހިރުން ވެސް މިހާރު ތަހުގީގަށް އެހީތެރިވަމުންދާ ކަމަށް ވިދާޅުވިއެވެ.

އަދި އެކަން ހިނގި ރޭ އަވަށްޓެރި ގައުމުތަކުން ވެސް އެހީވާން ބޭނުންކަން ހާމަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތަހުގީގަށް ބޭނުންވާ މީހުންނާ ސުވާލުކޮށް ހެކި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އައިއީޑީއާ ގުޅޭ މުހިންމު ކަންތައްތަކެއް މިހާރު ވެސް އެނގިފައިވާ ކަމަށެވެ. މައުލޫމާތު ލިބޭ ވަރަކުން އެ މައުލޫމާތު އެކި މުއައްސަސާތަކަށް ފުލުހުން ފޯރުކޮށްދޭ ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދީފައިވާ ނިރުބަވެރި ހަމަލާގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާކަމުގެ ޔަގީންކަން ވެސް ރައީސް ސާލިހު ވަނީ ދެއްވާފައެވެ.

މި ތަހުގީގަށް ޕީޖީގެ އެއްބާރުލުން ވަރަށް ފުރިހަމަ ކަމަށާއި، މިހާރު ވެސް ވަކި ޓީމެއް އެކުލަވާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޝަރީއަތަށް ވަޑައިގަންނަވާނީ ސީދާ ޕީޖީ ކަމަށް ވެސް ވިދާޅުވިއެވެ. ނިރުބަވެރި ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ރަނގަޅުކަމަށާއި ތަހުގީގު ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!