ގައްދޫއަށް އަރާ ފޭބުން މަނާ ކޮށްފި

ގދ. ގައްދޫން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

އެރަށު ކައުންސިލުން ދިން މައުލޫމާތަށް ބަލާއިރު، މިއަދު އެރަށުން ދެ މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.

އެނގިފައިވާގޮތުން އެރަށުން ފައްސިވި މީހުންގެ ތެރޭގައި ސްކޫލް ދަރިވަރަކުވެސް ހިމެނެއެވެ.ކައުންސިލުން ބުނީ، ފައްސިވި މީހުންނާއި ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް މިހާރު ފޮނުވާފައިވާ ކަަމަށެވެ.

އެރަށް މޮނީޓަރިންގއަށް ލައި ކައުންސިލުން އެރަށަށް ލިޔުން ފޮނުވީ މިރޭގެ ވަގުތެއްގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!