Dolly shot video of Hands using digital tablet computer (HD)

ޓެރަރިޒަމަށް ހިތްވަރުދީ ކޮމަންޓުކުރާ މީހުންގެ މައްސަލަ ބަލާނަން: ޕޮލިސް

ޓެރަރިޒަމަށް ހިތްވަރުދީ، ހަމަލާގެ ބައިވެރިންނަށް ހަމްދަރުދީ ފާޅުކޮށް އެކި ކޮމަންޓުކުރާ މީހުންގެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބުރާސްފަތި ދުވަހު ދިން ހަމަލާގެ ތަހުގީގާއި ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ސޯޝަލް މީޑިއާ އަދި ބައެއް އޮންލައިން ނޫސްތަކުގެ ކޮމަންޓު ސެކްޝަންތަކުގައި އެކި ފަރާތްތަކުން މި މައްސަލައާއި ގުޅިގެން ހިޔާލު ފާޅު ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން ބައެއް މީހުން ޓެރަރިޒަމްގެ މި އަމަލަށް ހިތްވަރުދޭ ކަހަލަ އަދި މިކަން ކުރި މީހުން ތައުރީފުކޮށްފައި ކޮންމެންޓު ކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

އެއްވެސް ސިފައެއްގައި ޓެރަރިޒަމްގެ ކުށްތަކަށް ހިތްވަރުދިނުމާ، ތައުރީފު ކުރުމާ އެފަދަ ކުށްތަކަށް ތައުރީފު ކުރުމަކީ، ނުވަތަ އެކަންކަމަށް ތާއީދު ކުރާ ކަމަށް ދެއްކުމަކީ ރާއްޖޭގެ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މަނާ ކަމެއްކަމަށް ރިޔާޒް ފާހަގަ ކުރެއްވިއެވެ. އަދި މިއީ އެހެން އެކި ގާނޫނުތަކުންވެސް މަނާކޮށްފައިވާ، ޖިނާއީ ކުށްތަކެއްކަން ރިޔާޒް ފާހަގަ ކުރެއްވިއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!