ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ 3 ކިލޯގެ މަސްތުވާތަކެތި ފެނުނީ މިދިޔަމަހުގެ 29 ވަނަ ދުވަހު އިތިއޯޕިއާއިން ވައިގެ މަގުން ރާއްޖެއައި އުމުރުން 30 އަހަރުގެ އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އަތުންކަމަށެވެ.

ކަސްޓަމްސްއިން ވިދާޅުވީ އޭނާ ރާއްޖެ އައިސްފައިވާ ރޫޓާއި އޭނާގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން، މިމީހާގެ ލަގެޖް ކަސްޓަމްސްއިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ.

ކަސްޓަމްސްއިން ވިދާޅުވީ އޭނާގެ އަތުން 3.4 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާއިރު، އެތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާކަމަވެ. އަދި އެތަކެތީގެ މަގުމަތީ އަގު ދިހަ މިލިއަން ދެލައްކަ ތިރީސްނުވަ ހާސް ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!