ރޭގަނޑު 9ގެ ފަހުން ބްރިިޖް ބަންދުވާނެ: ފުލުހުން

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަޙައްދުގައި ކާފިއު ހިންގާއިރު ނުވައެއް ޖެހުމާއެކު ބްރިޖު ބަންދު ކުރާނެ ކަމަށާއި އޭގެ ކުރިން ދަތުރުތައް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކޮށްފި އެވެ.

އެޗްއީއޯސީއީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ ކާފިއު ވަގުތު ފެށުމާއެކު ބްރިޖު ބަންދު ކުރާނެ ކަމަށެވެ. އަދި އެގަޑިތަކުގައި މަގުތަކަށް ނިކުމެ އުޅުމާއި ވެހިކަލް ދުއްވުން މަނާވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ޝަރީފް ވިދާޅުވި ގޮތުގައި ކާފިއު ވަގުތު ފެށުނު ނަމަވެސް މަގުތައް ހިމޭން ވަނީ އޭގެ އެތައް އިރެއް ފަހުންނެވެ. އެގޮތަށް އަމަލު ނުކުރުމަށް ޝަރީފް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެޗްޕީއޭއިން މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މި ގަޑީގައި މަގުމައްޗަށް ނުކުތުން ވަނީ އެޗްޕީއޭއިން މަނާ ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!