އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 ޕަސަންޓް ނިމިއްޖެ

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 ޕަސަންޓް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ އުނގޫފާރު މަގުހެދުމުގެ 75 ޕަސަންޓް ނިމިފައިވާ ކަމަށާއި ސަބްބޭސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތުގެ 77 ޕަސަންޓް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހެވެ. އެ މަޝްރޫއު އަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!