އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅު: އިމްރާން

ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅު ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިޔަށްދާ ގޮތާއި ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅު ކަމަށާއި. މި ކުރިއެރުމުގަ ފުލުހުންގެ ހުނަރުގެ އިތުރުން ރައްޔިތުން ފޯރުކޮށްދިން މައުލޫމާތު ބޮޑު ދައުުަރެއް އަދާ ކުރި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!