އެމްއެމްޕީއާރުސީގެ ލިސްޓުގައި 281 މީހުން

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ ލިސްޓުގައި އިތުރު ބައެއް ހިމަނާ، އެ ލިސްޓް 281އަށް އަރައިފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. ތަހުގީގީ އެ އިދާރާތަކުން ފޮނުވި ލިސްޓް ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީއާއި، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކުންނެވެ.

އެ އެކޮމިޓީން ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ތަހުގީގީ އިދާރަތަކުން ފޮނުވި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ލިސްޓްގައި 281 މީހެއްގެ ނަން އެބައޮތްކަމަށެވެ. މިއީ ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރި ލިސްޓަށްވުރެ 14 ނަމުގެ އިތުރުވުމެކެވެ. ކުރިން ތަހުގީގީ އިދާރާތަކުން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަން ލިސްޓްގައި ހިމެނެނީ 267 މީހެއްގެ ނަންކަމަށެވެ.

ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، އެ ލިސްޓްގައި ހިމެނޭ ބައެއް މީހުންގެ މައްޗަށް މިހާރު ދައުވާކުރަން ފޮނުވާފައިވާކަމަށެވެ. އަދި އަނެއްބައި މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވުމުގެ ކުރިން ތަހުގީގު ކުރިއަށްދާކަމަށެވެ. އަދި އެ ލިސްޓްގައި ޖިނާއީ ދައުވާ ނުއުފުލެވޭނެ އެއްވެސް މީހެއްގެ ނަން ހިމެނިފައި ނުވާކަމަށާއި، އެ ލިސްޓް ތަރުތީބުކޮށްފައިވަނީ ޚިޔާނާތުގައި އެމީހަކު ޝަމިލްވާ މިންވަރުގެ މައްޗަށް ރިޔާއަތްކޮށްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!