ދަމު ނަމާދަށް ހުއްޓާ މުދިމަށް ހަމަލާދީފި

ލ. ގަމު، ތުނޑީ އަވަށު މިސްކިތެއްގައި ދަމު ނަމާދު ކުރަމުން ދަނިކޮށް މިސްކިތަށް ވަދެ މުދިމަށާއި ބައެއް ތަކެއްޗަށް ގެއްލުންދީފިއެވެ.

ފުލުހުން ބުނީ ލ. ގަމު ތުނޑީ އާބާދީ ސަރަހައްދުގެ މިސްކިތެއްގައި ދަމު ނަމާދު ކުރަމުން ދަނިކޮށް މިސްކިތަށް މީހަކު ވަދެ މުދިމުގެ ގައިގައި ޖަަހައި، މައިކު އެއްލާލި މައްސަލައެއް ރޭ ދަންވަރު 2:50 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!