ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރާ މީހާ ހައްޔަރުކޮށްފި

މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން ތިން ވަނަ މީހަކުވެސް، ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.

މިމީހާ ހައްޔަރު ކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހުޅުމާލެއިންނެވެ.

 މިކަމާއި ބެހޭ އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރައްވައެވެ.

މިއީ ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި އޭރު ހުރި މީހެކެވެ. އަތަމާ ޕެލެސްގެ ސީސީޓީޖީ ފުޓޭޖާއި ބާ އިންޖީނުގޭ ހުންނަ މަގުގައި ހުންނަ ސިސީޓީޖީ ފުޓޭޖަކަށް އޭނާގެ މަންޒަރުތައް އަރާފައި ހުރިކަމަށް މައުލޫމަތު ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!