ކައިލީ ޖެނާއަށް އެންމެ މީރު މޭވާއަކީ މިއީ

އެމެރިކާގެ މަޝްހޫރު މީސްމީޑިއާ އިންފްލުއެންސާ އަދި ޒުވާން މަހުޖަނު، ކައިލީ ޖެނާއަށް އެންމެ މީރު މޭވާއަކީ ކޮބާކަން އެނގޭހެއްޔެވެ؟

23 އަހަރުގެ ވިޔަފާރިވެރިޔާ މީގެކުރިން މީޑިއާއަކަށް ދިން ޙާއްސަ އިންޓަވިއުއެއްގައި ވަނީ، އެއްދުވަސް ތެރޭގައި އޭނާގެ ކެއުންބުއިން ހުންނަ ގޮތް ކިޔައިދީފައެވެ. އެގޮތުން އޭނާއަކީ މޭވާއާއި ތަރުކާރީއަށް ވަރަށް ލޯބިކުރާ މީހެއްކަން އެ އިންޓަވިއުއިން އެނގިގެންދެއެވެ. ކައިލީ ނިދާ ހޭލާގޮތަށް އެންމެފުރަތަމަ ބޮނީ އަމިއްލައަށް ތައްޔާރުކުރާ ދުޅަހެޔޮ ޖޫހެއް ކަމަށް ބުނެއެވެ. އެ ޖޫސް ތައްޔާރުކުރަނީ ލެވެންޑާ އާއި ލުނބޯ ބޭނުންކޮށްގެން ކަމަށް ކައިލީ ބުނެއެވެ. އަދި ބައެއް ދުވަސް ދުވަހު ރޯ ސެލެރީ ފެލައިގެން އޭގެން ޖޫސް ހަދައިގެން ބޯ ކަމަށް އޭނާ ބުންޏެވެ.

ކައިލީގެ ރީތިކަމުގެ ސިއްރަކީ މޭވާއާއި ތަރުކާރީ ކަމުގައި ވެސް ވެދާނެއެވެ. މޭވާތަކުގެ ތެރެއިން އަންނާރަކީ އޭނާއަށް ވަރަށް މީރު އެއްޗެއް ކަމަށް ކައިލީ ބުނެއެވެ. އެގޮތުން އަންނާރުގެ އޮށް އަޅަނީ ބިއްލޫރި ފުޅިއަށް ކަމަށާއި، ދުވާލަކު އޭގެ ދެތިން ފުޅީގެ އަންނާރު އޮށް ކެވޭ ކަމަށް ކައިލީ ބުނެއެވެ.

ކައިލީ ބުނީ އޭނާއަކީ ޖިމަށް ދާ މީހެއް ނޫން ކަމަށާއި، ކަސްރަތު ކުރަނީ އަމިއްލަ ކޮޓަރީގައި އިނދެގެން ޔޫޓިއުބް ބަލައިގެން ކަމަށެވެ.

ކައިލީ ޖެނާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާން އަންހެން ކުދިން ރޯލް މޮޑެލެއްގެ ގޮތުގައި ބަލާ މީހެކެވެ. އެގޮތުން އިންސްޓަގްރާމްގައި އޭނާއަށް ފޮލޯކުރާ މީހުންގެ އަދަދު 230 މިލިއަނަށް އަރައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!