ޝިލްޕާގެ އާއިލާ އެކީ ކޮވިޑަށް ޕޮޒިޓިވް، އެކަމަކު އޭނާ ނެގަޓިވް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ މުޅި އާއިލާ ކޮވިޑް-19 އަށް ޕޮޒިޓިވް ކަން އޭނާ ހާމަކޮށްފިއެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އިއްޔެ ޝިލްޕާ ހިއްސާކުރި ބަޔާނެއްގައި ބުނީ، ވޭތުވެދިޔަ 10 ދުވަހަކީ އޭނާ އަށާއި އޭނާގެ އާއިލާއަށް ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އެގޮތުން އެންމެފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އޭނާގެ ފިރިމީހާގެ މައިންބަފައިން ކަމަށާއި، އޭގެފަހުން ދެދަރިން ކަމަށްވާ ސަމީޝާ އާއި ވިއާން ޕޮޒިޓިވްވި ކަމަށާއި، ދެން ޝިލްޕާގެ މަންމަ އާއި އެންމެފަހުން ފިރިމީހާ ރާޖް ވެސް ޕޮޒިޓިވްވިކަމަށް ބުންޏެވެ.

މީގެ އިތުރުން، ޝިލްޕާމެންގެ ގޭގައި ގެންގުޅޭ މަސައްކަތު ދެމީހުން ކޮވިޑަށް ޕޮޒިޓިވްވުމުން އެދެމީހުންނަށް މެޑިކަލް ފެސިލިޓީއެއްގައި ފަރުވާދެމުންދާ ކަން ވެސް ޝިލްޕާ ހާމަކުރިއެވެ.

ޝިލްޕާގެ ބުނީ އެންމެންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އޭނާގެ ޓެސްޓުގެ ނަތީޖާ ލިބުނުއިރު އެ ބައްޔަށް ނެގަޓިވް ކަމަށް ބުންޏެވެ.

ޝިލްޕާ ވަނީ އެންމެންވެސް ރައްކާތެރިވެ ތިބުމަށް ނަސޭހަތްތެރިވެފައެވެ.

ޝިލްޕާ ޝެޓީ އަކީ “ސުޕާ ޑާންސް ޗެޕްޓާ 4” ގެ ޖަޖުންގެ ޕެނަލުގައި ހިމެނުނު މީހެކެވެ. ނަމަވެސް މަހާރަޝްތުރާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، އެޝޯގެ ޝޫޓިންގ އެހެން ސްޓޭޓަކަށް ބަދަލުކުރުމުން ޝިލްޕާ ވަނީ ޝޯއާ ވަކިވެފައެވެ. ސަބަބަކީ އާއިލާ ދޫކޮށްފައި ދާން އޭނާ ބޭނުންނުވުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!