ލައިފް ސަޕޯޓުން ނެގި ނަމަވެސް، އިންފެކްޝަންގެ ނުރައްކާ އެބައޮތް: ޑޮކްޓަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލައިފް ސަޕޯޓުން ނެގި ނަމަވެސް އަދިވެސް އިންފެކްޝަންގެ ސަބަބުން ހާލަތު ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ބުނެފި އެވެ.

ނުސްވެރިންގެ ބައްދަލުވުމުގައި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ބުނީ، ރައީސް ނަޝީދުގެ ހަށިގަނޑަށް ވަރަށް ގިނަ އަދަދަކަށް ރޭޒާ ފުށްތައް ވަދެފައިވާ ކަމަށެވެ. އަދި ބައެއް ގުނަވަންތައް ފޫ އަޅުވާފައި ފުށްތައް ނުކުމެފައިވާ ކަމަށެވެ.

އެގޮތުން ފުއްޕާމެއަށް ވަދެފައިވާ އެއް ފުށް ވެސް ފޫއަޅާފައި ނުކުމެފައިވާ ކަމަށާއި އަދި ފުއްޕާމޭގެ އަޕަ ލޯބް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އޭގެ އިތުރުން މޭކަށީގަނޑުގެ ހަތަރުވަނަ ރިބް ފުނޑިފައިވާ ކަމަށާއި އަދި އެ ރޭޒާފުށް ކިރިޔާވެސް ތިރިވިނަމަވެސް ހެރޭނީ ހިތަށް ކަމަށެވެ.

 އޭޑީކޭން ވިދާޅުވީ އެއީ ފުރާނައަށް ނުރައްކާ ވެދާނެ ހާލަތެއް ކަމަށާއި،ރައިސް ނަޝީދަށް ހަމަލާދޭން ބޭނުންކުރި އައިއީޑީގައި ހުރި ރޭޒާފުއްތަކާއި ދަގަނޑު އެތިކޮޅުތަކުން އެތައްބައެއް ރައީސް ނަޝީދުގެ މެއަށާއި ބަނޑުގެ އިތުރުން ހަށިގަނޑުގެ އެތަންމިތަނަށް ހެރިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން މޭކަށިގަނޑުގެ ބައެއް ރިބުތައް ފުނޑުފުނޑުވެ، އެތެރެހަށީގެ ބައެއް ގުނަވަންތަކާއި ހަށިގަނޑަށްވެސް ބޮޑެތި ބޮޑެތި ޒަހަމްތައް ލިބިފައިވާ ކަމަށެވެ.

ޑޮކްޓަރުން ވިދާޅުވިގޮތުގައި ރައީސް ނަޝީދުގެ ގޮހޮރުވަނީ ފޫގޮސްފައެވެ. މިއީ ވަރަށް ނުރައްކާތެރިކަމެއްކަމަށާ، މިފަދަ ޙާލަތްތަކުގައި ޢާއްމުކޮށް ބަނޑު ތެރެއަށް ނަޖިސް ލީކުވެ އިންފެކްޓްވާގޮތް މެދުވެއެވެ. އެހެންނަމަވެސް ރޯދަ މަސް ކަމުން ރައީސް ނަޝީދުގެ ގޮހޮރު ވަރަށް ބޮޑަށް ހުސްކޮށް އޮތުމުން މާބޮޑަށް ބަނޑު ތެރެއަށް ނަޖިސް އެޅިފައިނުވާކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

އަދިވެސް އިންފެކްޝަންގެ ސަބަބުން ހާލަތު ނުރައްކާވުމުގެ ފުރުސަތު އޮތުމުން ވަރަށް ގާތުން މޮނިޓަރ ކުރަމުން ގެންދާކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!