ބޮން ގޮއްވާލި މައްސަލައާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި

ބުރާސްފަތި ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން 2 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތަތުގައި ދެމީހަކު ހައްޔުރުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މި މީހުންނާއި ބެހޭ އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި އުދްވާނީ ހަމަލާ އާއި ގުޅޭ އެއްވެސް ހެއްކެތް ނުވަތަ މައުލޫމާތެއް ވާނަމަ އޮންލައިންކޮށް ހުށައެޅެމުގެ ފުރުސަތުވެސް ފުލުހުން މިވަނީ ހުޅުވާލާފައެވެ. މިގޮތުން މި ފަދަ އެއްވެސް މައުލޫމާތެއް ވާނަމަ https://u.police.mv/evidence. ހުށައެޅުމަށް ފުލުހުން އެދިވޑައިގަންނަވައެވެ. އަދި މި މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ފުލުހުންވަނީ ދެއްވާފައެވެ.

މީގެއިތުރުން މި މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 9704000 އަށް ވެސް ހުށައެޅޭނެއެވެ. ހިއްސާކުރުމަށްވަނީ އެދިވަޑައިގަންނަވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!