އިޒްރޭލު ފުލުހުން ހަތިޔާރާއެކު މަސްޖިދުލް އަޤްސާއަށް ވަދެ ގިނަ ބަޔަކު ޒަޚަމްކޮށްލައިފި

އިޒްރޭލު ފުލުހުން ހަތިޔާރާއެކު މަސްޖިދުލް އަޤްސާއަށް ވަދެގަނެ އަޅުކަމުގައި ތިބި ފަލަސްތީން މުސްލިމުންނަށް  ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

އަޤްޞާ މިސްކިތުގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް އަމާޒުކޮށް އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ޙަމަލާދިނީ ހުކުރު ދުވަހުގެ އަސްރު ނަމާދު ވަގުތުގައެވެ.

އިސްރާއީލުގެ ސިފައިންވަނީ އަޤުޞާ މިސްކިތަށް ވަންނަ މައި ދޮރާށި ބަންދުކޮށްފައެވެ. ފަލަސްޠީނިއަން ރެޑު ކުރެސެންޓުން ބުނީ އަޤްޞާ މިސްކިތަށާއި ޤުދުސްގެ ބައެއް އެހެން ސަރަޙައްދުތަކަށް އިސްރާއީލުން ދިން ޙަމަލާތަކުގައި 178 މީހުން ޒަޚަމްވިކަމަށެވެ. އޭގެ ތެރެއިން 88 މީހުންވާނީ އިތުރު ފަރުވާއަށް ހަސްފަތާލުތަކަށް ގެންގޮސްފައެވެ. ގިނަ މީހުން ޒަޚަމްވީ އިސްރާއީލުގެ ސިފައިން ބޭނުންކުރި ރަބަރު ވަޒަނާއި ސްޓަން ގުރެނޭޑުގެ ސަބަބުން ބޮލަށާއި ލޮލަށް އަނިޔާވެގެންނެވެ.

އެ ޙަމަލާތައް ދިނުމަށް އިސްރާއީލުގެ ސިފައިންވަނީ އަޤްޞާއާއި އެ މިސްކިތުގެ ގޯތިތެރޭގައި ހަތިޔާރާއެކު ޙަރަކާތްތެރިވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!