ބޮޑުފޮޅުދޫ އާއި ކޮޅުފުށި އާންމު ހާލަތަށް

އއ. ބޮޑުފޮޅުދޫ އާއި މ. ކޮޅުފުށި އާންމު ހާލަތަށް ގެނެސްފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނީ ބޮޑުފޮޅުދޫ އާއި ކޮޅުފުށި މޮނީޓަރިންގެ ހާލަތުން ނަގައި، އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ކޮޅުފުށި މޮނިޓަރިންގް އަށް ލާފައި ވަނީ އޭޕްރީލް 30 ވަނަ ދުވަހުއެވެ. އެރަށް މޮނިޓަރިންގްއަށް ލާފައި ވަނީ ކޮޅުފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

އއ ބޮޑުފޮޅުދޫ މޮނިޓަރިންގް އަށް ލާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެރަށުން ޖުމުލަ 23 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!