ރައީސް ނަޝީދަށް ދިން ހަމަލާގެ ހެއްކެއް އޮތްނަމަ އޮންލައިންކޮށް ހުށަހެޅޭނެ: ފުލުހުން

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓަ ހަމަލާއާއި ގުޅޭ އެއްވެސް ހެއްކެތް ނުވަތަ މައުލޫމާތެއްވާނަ އޮންލައިންކޮށް އެކަން ހުށައެޅޭނެ އިންތިޒާމު ފުލުހުން ހަމަޖައްސައިފިއެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި އުދްވާނީ ހަމަލާ އާއި ގުޅޭ އެއްވެސް ހެއްކެތް ނުވަތަ މައުލޫމާތެއް ވާނަމަ އޮންލައިންކޮށް ހުށައެޅެމުގެ ފުރުސަތުވެސް ފުލުހުން ވަނީ ހުޅުވާލާފައެވެ. މިގޮތުން މި ފަދަ އެއްވެސް މައުލޫމާތެއް ވާނަމަ https://u.police.mv/evidence. ހުށައެޅުމަށް ފުލުހުން އެދިވޑައިގަންނަވައެވެ. އަދި މި މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ފުލުހުންވަނީ ދެއްވާފައެވެ.

މީގެއިތުރުން މި މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 9704000 އަށް ވެސް ހުށައެޅޭނެއެވެ. ހިއްސާކުރުމަށްވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ ނަޝީދަށް ދިން މި ހަމަލާއަކީ ޓެރަރިޒަމް ހަމަލާއެއްކަމަށާއި މި ހަމަލާއާއި ގުޅިގެން ޝައްކު ކުރެވޭ 4 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި މީހުންގެ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި މި މައްސަލައިގެ ތަހުޤީގުގައި 450 ފުލުހުން މަސައްކަތް ކުރަމުން އަންނަކަން ސީޕީ ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!