ރައީސް ނަޝީދަށް ދިން ހަމަލާ އައްޒަ ވެސް ކުށްވެރިކޮށްފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ޓެރަރިސްޓު ހަމަލާ، ފިލްމީ ތަރި މަރިޔަމް އައްޒަ ވެސް ކުށްވެރިކޮށްފިއެވެ.

ރޭގެ ވަގުތެއްގައި އައްޒަގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ލިޔުންކޮޅެއްގައި ބުނީ، އެ ހިތާމަވެރި އަދި ނުރައްކާތެރި ހަމަލާ ވަަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ ކަންކަން މި މުޖުތަމަޢުގައި ހިނގުމަކީ އެންމެންނަށް ހުރި ވަރަށް ބޮޑު ބިރުވެރި ކަމެއް ކަމުގައި ބަތަލާ އައްޒަ ލިޔެފައިވެއެވެ.

އައްޒަ ވަނީ ރައީސް ނަޝީދާއި، ރޭގެ ހަމަލާގައި އަނިޔާވި އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިފައެވެ.

ނަޝީދަށް އަމާޒުކޮށް އެމަނިކުފާނު ދިރިއުޅުއްވާ ގެ ކައިރިން އެއްޗެއް ގޮއްވާލައި ދިން ހަމަލާ، ސިޔާސީ ލީޑަރުންނާއި އެކިއެކި ފަރާތްތަކުން ދަނީ ކުށްވެރިކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!