ކޮވިޑް-19: ވެލިދޫއަށް އަރާ ފޭބުން މަނާ ކޮށްފި

ފަތުރުވެރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވި ނ. ވެލިދޫ އަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

ވެލިދޫ ސިއްހީ މަރުކަޒުން ރޭ ބުނީ، އެރަށުގައި ތިބި ފަތުރުވެރިންގެ ތެރެއިން 16 ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.

ވެލިދޫން ފަތުރުވެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށުން އަރާފޭބުން މަނާކުރިކަން އަންގައިފައެވެ.

އެރަށު ކައުންސިލް ނައިބް ރައީސް އަހުމަދު ޖައުފަރު ވިދާޅުވީ، އެރަށުން ޕޮޒިޓިވްވި 16 ފަތުރުވެރިންނާ ޑައިރެކްޓް ކޮންޓެކްޓުވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭގެތެރެއިން 25 މީހެއްގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށުގެ އާބާދީގެ 10 އިންސައްތަ މީހުންގެ ސާމްޕަލް ނަގައި ފޮނުވަން ޖެހޭ ކަމަށް ބެެލެވޭ ކަމަށެވެ.

ކޮވިޑް-19 ފެނިގެން، އަތޮޅުތެރޭގެ 30 ރަށެއް މިހާރު އޮތީ މޮނިޓަރިންގ ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!