ކޮލެޖް/ޔުނިވާސިޓީތަކުގައި ކިޔަަވައިދޭނީ އޮންލައިންކޮށް

ކޮވިޑް-19 ފެތުރުން ވަރަށް ބޮޑުތަނުން އިތުރުވެފައިވާތީ، މާލެ ސަރަހައްދުގެ ޔުނިވާސިޓިތަކާއި ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ފަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގައި ހުންނަ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވައިދޭން އަންގާ ކަމަށެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 700 އިން މަތިވެފައިވާއިރު، އިއްޔެ އެކަނިވެސް އެ ބަލީގައި 5 މީހަކު ވަނީ މަރުވެފައެވެ. އަދި މިއަދު 3 މީހަކު މިހާތަނަށް ވަނީ ބަލީގައި މަރުވެފައެވެ. އެއާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް މާލެ ސަރަހައްދުގައާއި އަތޮޅުތެރޭގައި ދަނީ ވަރުގަދަ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!