ކޮވިޑް ޖެހިގެން ރާއްޖެއިން މިއަދު ތިން މަރު

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިއަދު މަރުވި މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކޮވިޑްގައި މިއަދު މަރުވި ފުރަތަމަ މީހާއަކީ ޑީއެޗް-11 ގައި އެޑްމިޓްކޮށްފައި އޮތް އިންޑިއާގެ އުމުރުން 60 އަހަރުގެ މީހެއް ކަމަށެވެ. އޭނާ މަރުވީ ރޭ ދަންވަރު 3:47 ގައެވެ. އޭނާއަކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އޭނާއަކީ ރާއްޖޭން އެ ބަލީގައި މަރުވި 80 ވަނަ މީހާއެވެ.

އޭގެފަހުން މިއަދު މަރުވި ދެވަނަ މީހާއަކީ ވެސް ބިދޭސީއެއް ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އެއީ ކ. މާފުށީގައި އައިސޮލޭޓްކޮށްފައި ހުރި އުމުރުން 37 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އެޗްޕީއޭއިން ބުނީ އޭނާއަކީ މިދިޔަ މަހުގެ 26 ގައި ބައްޔަށް ޕޮޒިޓިވްވި މީހެއް ކަމަށެވެ. އެއީ ރާއްޖޭން އެބަލީގައި މަރުވި 81 ވަނަ މީހާއެވެ.

މިއަދު މަރުވި ތިންވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާދެމުންދިޔަ 81 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އޭނާ ނިޔާވީ މިއަދު މެންދުރު ފަހު 2:46 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ރާއްޖޭން ކޮވިޑް ޖެހިގެން މަރުވި 82 ވަނަ މީހާއެވެ.

ރާއްޖެ އަށް ކޮވިޑްގެ ސާޖެއް އައި ފަހުން އިއްޔެ އަކީ އެއް ދުވަހެއްގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެގޮތުން އިއްޔެ ހަތަރު މީހަކު މަރުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!