ދިވެހި ޓެސްޓް ޕޭޕަރު އެއްވެސް ދަރިވަރަކަށް ނުފެންނާނެ: އެޑިއުކޭޝަން

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެެހިފައިވާ އެސްއެސްސީ އިމްތިހާނުުގެ ދިވެހި ކަރުދާސް އެއްވެސް ދަރިވަރަކަށް ނުފެންނަ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނެފިއެވެ.

08 މެއި 2021 (ހޮނިހިރު) ދުވަހަށް ތާވަލުކުރެވިފައިވާ ދިވެހި ކަރުދާސް 1، ޣާޒީ ސްކޫލުގެ ބައެއް ދަރިވަރުންނަށް ފެނުނުކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ނެރުނު ބަޔާނުގައި ބުނީ ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ކުރިއަށްދާ ބައިނަލްއަގުވާމީ އަދި ގައުމީ އިމްތިހާނުތައް އިންތިޒާމުކުރެވިފައިވާ ގޮތުން ސުވާލު ކަރުދާސް ދަރިވަރުންގެ މޭޒުމަތީގައި ބޭއްވުމަށްފަހު ދަރިވަރުން ސުވާލު ކަރުދާސް ކިޔާނީ އެއީ ރަނގަޅު ކަރުދާސްތޯ ބޭރުގަނޑު ބަލައި ޗެކްކުރުމަށްފަހު އިމްތިހާނު ހޯލު ހިންގުމާ ހަވާލުވެ ހުންނަ ޗީފްއިންވިޖިލޭޓަރު އެކަމަށް އިރުޝާދު ދިނުމުން ކަމަށެވެ.

3 މެއި 2021 ގައި އޮތް އިސްލާމް ކަރުދާސް 1 ގެ ބަދަލުގައި ދިވެހި ކަރުދާސް 1 އިންވިޖިލޭޓަރަށް އޮޅިގެން 2 ކުއްޖެއްގެ މޭޒުމަތީގައި ބޭއްވުނު ކަމުގައި ވިޔަސް ދަރިވަރުން ސުވާލުކަރުދާސް ކިޔުމުގެ ކުރިން އެކަން ފާހަގަކުރެވި އެ ކަރުދާސްތައް އަތުލައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ގެ އިރުޝާދުގެ ދަށުން އެ ސުވާލުކަރުދާސްތައް ބަންދުކުރެވި ރައްކާތެރި ކޮޓަރީގައި ރައްކާކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!