ރައީސް ނަޝީދުގެ ސަރޖަރީތައް ކާމިޔާބު، ބާކީ އަދި އެއް ޕްރޮސިޖަރ

ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދެވުނު ޙަމަލާގައި ލިބިވަޑާއިގެންނެވި ޒަހްމަތަކާއި ގުޅިގެން މިހާތަނަށް ބައެއް ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނީ މިހާތަނަށް ކުރި އޮޕަރޭޝަންތައް ކާމިޔާބުކަމަށެވެ.

ރޭ އިރާކޮޅުގެ ވަގުތެއްގައި ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ގެކޮޅުން ނުކުނަވައިގެން ނީލޯފަރުމަގުން ހިންގަވާފައި ވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. މި ހަމަލާދީފައިވަނީ ސައިކަލެއްގައި ގޮވާ އެއްޗެއް ހަރުކޮށް ގޮއްވާލައިގެންނެވެ.

ނުރައްކާތެރި މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކާއި ގުޅިގެން އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ރޭ 8:30ގައިއެވެ. އަދި އެމަނިކުފާނު ހޮސްޕިޓަލަށް ގެނައިރު ގިނަ ޒަޚަމްތަކެއްހުރިކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދުގެ ހާލުކޮޅާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން އޭޑީކޭ ހޮސްޕިޓަލުން ބުނީ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދެވުނު ޙަމަލާގައި ލިބިވަޑައިގެންނެވި ޒަހްމަތަކާއި ގުޅިގެން މިހާތަނަށް ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް ކުރި އޮޕަރޭޝަންތައް ކާމިޔާބުކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!