ހަމަލާ ދިނީ ރައީސް ނަޝީދު އަވަހާރަކޮށްލަން: އެމްޑީޕީ

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަކީ އެމަނިކުފާނު އަވަހާލަކޮށްލަންދިން ހަމަލައެއް ކަމަށާއި އަދި އެ ހަމަލަ އެ ޕާޓީއިން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި އެޕާޓީން ދެކޭ ގޮތުގައި އެހަމަލާއަކީ ސީދާ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ފުރާނަފުޅު ދުއްވާލުމަށް ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ މިހާރުން މިހާރަށް ތަހްގީގުކޮށް އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެ ޕާޓިން ވަނީ ގޮވާލާފަ އެވެ.

އެ ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް މިވަގުތު އޭޑީކޭއިން ފަރުވާ ހޯއްދަވަމުން ގެންދާ ކަމަށް ވެސް އެޕާޓީން ބުނެފައި ވެއެވެ.

އެޕާޓީން ވަނީ ރައީސް ނަޝީދަށާއި އެމަނިކުފާނުގެ ސެކިޔުރިޓީ އަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން ކަމަށް ވެސް އެދިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!