ކޮވިޑް-19 ޖެހިގެން 24 ގަޑިއިރުގެ ތެރޭގައި ހަވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 24 ގަޑިއިރުގެ ތެރޭގައި ހަވަނަ މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އެމަޖެންސީއަށް މިރޭ ގެންދިޔަ އުމުރުން ދުވަސްވީ އަންހެނެކެވެ. އޭނާ ނިޔާވި ފަހުން ކޮވިޑަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

މިއީ މިދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑުގައި ރާއްޖެއިން ނިޔާވި ހަ ވަނަ މީހާއެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!