ރައީސް ނަޝީދުގެ އިތުރު އޮޕަރޭޝަންތަކެއް ކުރަނީ

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ލިބިފައިވާ އަނިޔާތަަކަށް ފަރުވާދިނުމަށް އިތުރު ސާޖަރީއެއް ކުރިއަށްދާ ކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފިއެވެ،

ބުރާސްފަތި ދުވަހުގެ ރޭ 8:00ހާއިރު، ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލާފައިވާއިރު، އެ ހަމަލާގައި ލިބުނު އަނިޔާތަކަށް އެމަނިކުފާނު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނަޝީދަށް ލިބިފައިވާ ޒަހަމުތަކަށް ފަރުވާދިނުމަށް އިތުރު ސާޖަރީއެއް ކުރަނެ ޖެހޭ ކަމަށް އޭޑީކޭއިން ބުނެފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ނަޝީދުގެ ވަނީ ފުއްޕާމެޔާއި ހިތުގެ ސާޖަރީއެއް ވެސް ހަދާފައެވެ. 

ރައީސް ނަޝީދުގެ އިތުރަށް އެ ސަރަހައްދުގައި ހުރި ބިދޭސީއަކާއި ދިވެއްސެއްގެ އިތުރަށް ރައީސް ނަޝީދުގެ ތިން ބޮޑީގާޑުންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!