5 ރަށެއްގައި ކާފިއު ހިންގަނީ

ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާ ޅ.ނައިފަރު، ކ.މާފުށި، އއ.މަތިވެރި، އއ.އުކުޅަސް އަދި ބ. އޭދަފުށީގައި މާދަމާ އިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން އެޗްޕީއޭ އިން ނިންމައިފި އެވެ.

ކޮވިޑް ކޮންޓްރޯލްކުރަން ހާއްސަ ފިޔަވަޅުތައް އަޅަން ނިންމައި އެޗްޕީއޭ އިން މިރޭ ގެޒެޓްކުރި އެންގުމުގައި މި ރަށްރަށުގައި މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމުގެ އިތުރުން އެހެން ބައެއް ކަންކަން ވެސް ކަނޑައަޅާފައިވެ އެވެ. އެއީ؛

– ޕާޓީތަކާއި، ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުން.

– ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން. (މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނޭ)

– އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުން.

– ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން.

– ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓައިލުން.

– ފިރާތަކުން ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.

– ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. (މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނޭ)

މި ފިޔަވަޅުތައް އަޅަން ނިންމި ރަށްތަކަކީ މާލެ ފިޔަވައި މިހާރު ކޮވިޑްގެ ހާލަތު މިހާރު އެންމެ ގޯސްވެފައިވާ ރަށްތަކަށެވެ. މީގެ ތެރެއިން ނައިފަރުން ވަނީ ކޮވިޑް ބަލީގައި ބަޔަކު މަރު ވެސް ވެފަ އެވެ. އަދި މި ރަށްރަށުން ކޮންމެ ދުވަހަކު ވެސް ކޮވިޑްގެ އާ ކޭސްތައް ދަނީ ފެންނަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!