ރައީސް ނަޝީދުގެ އިތުރު އޮޕަރޭޝަންތަކެއް ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރު އޮޕަރޭޝަންތަކެއް ކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނަށް ފަރުވާ ދެމުންދާ އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

މިރޭ ހިނގި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް ފަރުވާއަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 8:30 ގައެވެ. އެ ހޮސްޕިޓަލުން ބުނީ ހަށިކޮޅަށް ގިނަ ޒަހަމުތަކެއް ލިބިފައިވަނިކޮށް މިރޭ 8:30 ގައި އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ބުނެފައިވެއެވެ.

އެމަނިކުފާނަށް ފަރުވާ ދިނުމަށް ޑޮކްޓަރުންްގެ ހާއްސަ ޓީމެއް އެކުލަވާލާފައިވާއިރު އެ ޓީމާ ހަވާލާދީ އޭޑީކޭއިން ދެންމެ ބުނީ ރައީސް ނަޝީދުގެ އިތުރު އޮޕަރޭޝަންތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!