ރައީސުލްޖުމްހޫރިއްޔާ މިރޭ ގައުމާ މުހާތަބްކުރައްވަނީ

‏ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގައުމާ މުހާތަބް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ‏ރައީސުލްޖުމްހޫރިއްޔާ ⁦‪މިރޭ 2:30 ގައި ޓީވީތައް މެދުވެރިކޮށް ޤައުމާ މުޚާތަބުކުރައްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ⁦‪މިރޭ ޓީވީތައް މެދުވެރިކޮށް ޤައުމާ މުޚާތަބުކުރައްވާއިރު، ‏ރައީސް އޮފީހުން ވިދާޅުވީ ‏ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާއާ ގުޅިގެން ކެބިނެޓް ބައްދަލުވުމެއްވެސް ބާއްވާފައިވާކަމަށެވެ.

ކެބިނެޓް ބައްދަލުވުމެއްގެ އިތުުރުން، ރައީސް ސާލިހު ވަނީ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް އޭޑީކޭގައި ފަރުވާދެމުންދާއިރު، ރައީސް ސާލިހުއާއި ސަރުކާރުގެ އިސްވެރިން ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުށްވެރިކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!