ރައީސް ނަޝީދަށް އަމާޒުވި ހަމަލާ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ސަމާލުކަމަށް!

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ބައިނަލްއަގްވާމީ މުޖްތަމަޢުއާއި މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ބައިނަލްއަގްވާމީ މުޖްތަމަޢުގެ ސަމާލުކަމަށް އައިސްފައިވާއިރު، ދުނިޔޭގެ މަޝްހޫރު މީޑިއާތައްކަމަށްވާ ރޮއިޓާސް، އަލްޖަޒީރާ އަދި ބައެއް އެހެން ބޮޑެތި މީޑިއާތަކުން ދަނީ ހަމަލާގެ ޚަބަރުތައް ގެންނަމުންނެވެ.

ބައިނަލްއަޤްވާމީ ބައެއް މީޑިއާތަކުން މިޚަބަރު ގެނެސްދެމުންދަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއްގެ ގޮތުގައެވެ. އަދި ބައެއް މީޑިއާތަކުން ބުނަމުންދަނީ އެއްޗެއް ގޮއްވާލުމުގެ ސަބަބުން ރައީސް ނަޝީދަށް އަނިޔާވެފައިވާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!