ހަމަލާގައި ސިފައިންގެ 3 މީހުން ހޮސްޕިޓަލަށް ގެންދެވުނު: އެމްއެންޑީއެފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ޓެރަރިސްޓު ހަމަލާގައި އެމްއެންޑީއެފްގެ ތިން މީހަކަށް އެކިވަރުގެ ޒަހަމްތައް ވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ހަމަލާ ދިން އިރު ނަޝީދުގެ ސެކިއުރިޓީންގެ ގޮތުގައި ތިބި ތިން ސިފައިންގެ މީހަކަށް އަނިޔާވި ކަމަށެވެ.

އެ ސިފައިންގެ މީހުންގެ ތެރެއިން، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އަށް ގެންދެވުނު ސިފައިންގެ މީހާ ދޫކޮށްލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އޭނާ އައިޖީއެމްއެޗް އަށް ގެންދެވުނީ ކަންފަތަށް ދަތުވާތީއެވެ.

އޭޑީކޭ އަަށް ގެންދެވުނު ދެ ސިފައިންނަށް، އެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި މި ދެ ސިފައިންގެ ހާލުވެސް ރަނގަޅެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!