ސެކިއުރިޓީ ކައުންސިލާ ރައީސް ސާލިހު ބައްދަލު ކުރައްވަނީ

ރައްޔިތުން މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީގައި ބާރުގަދަ ގޮވާ އެއްޗެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން ބައްދަލުވުމެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރާނެ ކަމަށެވެ..

އެގޮތުން ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކުރާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި މި މައްސަލަ ދިވެހި ފުލުހުންނާއި ސިފައިން ތަހުގީގު ކުރަމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!