އިތުރު މީހަކު ނިޔާވެ، 24 ގަޑިއިރު ތެރޭގައި ފަސްވަނަ މަރު

ކޮވިޑް19 ގައި މިއަދު ފަސް ވަނަ މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ނައިފަރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް އަންހެނެކެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ ހާލު ދެރަވެގެން އޭނާ ހޮސްޕިޓަލަށް ގެންގޮސް ހެދި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެކަމަކު އޭނާ ކޮވިޑަށް ޕޮޒިޓިވްކަމުގެ ނަތީޖާ ލިބުނީ މަރުވި ފަހުންނެވެ.

މިއީ ރާއްޖެއިން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޯވިޑް ބަލީގައި ނިޔާވި ފަސްވަނަ ވަނަ މީހާ އެވެ.

މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 79 އަށް އަރައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!