ނަޝީދަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުށްވެރިކުރައްވައިފިއެވެ.

ރައީސް ޞާލިހު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް ލިބުނު އަނިޔާ އަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށެވެ. އަދި މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަދި މި މައްސަލަ ފުލުހުން ދަނީ މިހާރު ތަޙުޤީޤުކުރަމުން”، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޙާދިސާ ހިނގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅުކަމަށްވާ ގ. ކެނެރީގެ ހިމެނޭ ސަރަހައްދު އަތަމާ ޕެލެސް ހޮޓަލް ކުރިމަތީގައެވެ. މިހާދިސާ ހިނގީ އެސަރަހައްދުގައި އޮތް ކާރުކޮޅަކަށް ރައީސް ނަޝީދު އަރާވަޑައިގަންނަވަނިކޮށްވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!