ރައީސް ސޯލިހު އޭޑީކޭއަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިރޭގެ ވަގުތެއްގައި ދެވުނު ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދާ އޭޑީކޭ ހޮސްޕިޓަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފި އެވެ.

މި ޙާދިސާ ހިނގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅުކަމަށްވާ ގ. ކެނެރީގެ ހިމެނޭ ސަރަހައްދު އަތަމާ ޕެލެސް ހޮޓަލް ކުރިމަތީގައެވެ. މިހާދިސާ ހިނގީ އެސަރަހައްދުގައި އޮތް ކާރުކޮޅަކަށް ރައީސް ނަޝީދު އަރާވަޑައިގަންނަވަނިކޮށްވެ.

އެ ގޮވުމުގެ ސަބަބުން އެމަނިކުފާނަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލުގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.

މިވަގުތު އެ ހޮސްޕިޓަލްގައި ސަރަހައްދުގައި ސަރުކާރާއި އެމްޑީޕީގެ އިސްވެރިންގެ އިތުރުން، އާންމުންގެ ތެރެއިން ގިނަ ބަޔަކު މިވަގުތު ދަނީ ހަރަކާތްތެރިވަމުންނެވެ.

އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު ސިފައިން ދަނީ ހަތިޔާރާއިއެކު ހަރަކާތްތެރިވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!