ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން އެލާޓް ލެވެލް މަތިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ އެލާޓް ލެވެލް މަތިކޮށްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެނެރީ މަގުގެ މަޖީދީމަގާވީކޮޅުން ކާރަށް އަރައިވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލާފައިވާކަމަށެވެ. އަދި މިހާދިސާގައި ރައީސް ނަޝީދުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާއި ގުޅިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަމުންދާކަމަށެވެ.

މީގެއިތުރުން މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސްވެސް މަތިކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!