ކޮވިޑް ބަލީގައި މިއަދު ރާއްޖެއިން 4 ވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ އުމުރުން 80 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ފަރުވާދެމުން ދިޔަ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ މިރޭގެ ވަގުތެއްގަ އެވެ.

މިއީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ބަލީގައި ނިޔާވި ހަތަރުވަނަ މީހާއެވެ. އަދި މިއީ އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން މި ބަލީގައި މީހުން ނިޔާވި ދުވަސްވެސްމެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!