ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު: އޭޑީކޭ

މާލޭގައި މިރޭ އެއްޗެއް ގޮއްވާލި ހާދިސާގައި އަނިޔާވެގެން ފަރުވާދެމުންދާ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ރަނގަޅުކަމަށް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

މި ޙާދިސާ ހިނގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅުކަމަށްވާ ގ. ކެނެރީގެ ހިމެނޭ ސަރަހައްދު އަތަމާ ޕެލެސް ހޮޓަލް ކުރިމަތީގައެވެ. މިހާދިސާ ހިނގީ އެސަރަހައްދުގައި އޮތް ކާރުކޮޅަކަށް ރައީސް ނަޝީދު އަރާވަޑައިގަންނަވަނިކޮށްވެ.

މިހާދިސާގައި ލިބުނު އަނިޔާތަކަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދާއިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމުގެ މައުލޫމާތު ލިބެއެވެ.

އެ ސަރަޙައްދުގައި ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!